1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުން މިރޭ

awad
ޝަފްޢަތު ، ހުވަދޫ މީޑީއާ
266ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބާއްވާ ހަފުލާ މިރޭ ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވާ އެ ހަފުލާގައި 12 ކެޓަގަރީއަކުން 2022 ވަނަ އަހަރު ފާހަގަކުރެވޭ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހިމެނެއެވެ.

300 × 250

މި އެވޯޑަކީ ނޮމިނޭޓުވެފައިވާ ނޫސްވެރިންގެ ތެރެއިން ވޯޓާއި އެސްއެމްއެސް އެންމެ ގިނައިން ލިބޭ ނޫސްވެރިއަކަށް ލިބޭ އެވޯޑެކެވެ.

މި އިނާމަށް މި އަހަރު ހަތަރު ނޫސްވެރިން ވަނީ ނޮމިނޭޓުވެފައެވެ.

  • އަލީ ޔާމީން – ވަން އޮންލައިން
  • އަހުމަދު ނާއިފް – ދައުރު
  • އާސިމާ ނިޒާރު – މިހާރު
  • ލައިސާ އަހުމަދު – ރާއްޖެ ޓީވީ

މީގެ އިތުރުން އިނާމް ދިނުމަށް ކަނޑައަޅާފައިވަނީ، ނޫސްމަޖައްލާ ކެޓެގެރީ އަދި ބްރޯޑްކާސްޓިން ކެޓެގަރީގެ 12 ދާއިރާއަކުންނެވެ.

  • ތަހުގީގީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖްތިމާއީ ދާއިރާ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިގްތިސާދު
  • ކުޅިވަރު
  • ޕޮޓޯ ޖާރނަލިޒަމް
  • ވީޑިއޯ ޖާރނަލިޒަމް
  • ގްރެފިކް އާއި އިލެސްޓްރޭޝަން
  • ފީޗަރ
  • އުންމީދީ ނޫސްވެރިޔާ

ނޫސްވެރިކަމުގެ އެވޯޑަކީ ދިވެހި ނޫސްވެރިންގެ އަގުވަޒަންކޮށް، ނޫސްވެރިންގެ ކާމިޔާބު ފާހަގަކުރުމަށް އެމްއެމްސީއިން އަހަރަކު އެއްފަހަރު އިންތިޒާމުކުރާ ހަފުލާއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި