ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުޣްނިމް އަނީސް އެ މަގާމުން ވަކިކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޣްނިމް އައްޔަންކުރީ މިދިޔަ އަންގާރަދުވަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އަންގާރަދުވަހު މުޣުނިމް އައްޔަންކުރެއްވި މަގާމުން ބުރާސްފަތި ދުވަހު ވަކިކުރައްވާފައިވީ ނަމަވެސް ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ނޭނގެއެވެ.
މުންއިމް އެ މަގާމުން ވަކިކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ފަހުމީ ހަސަން ވެސް އެ މަގާމުން ވަނީ ވަކިކޮށްފައެވެ. ފަހުމީގެ މައްސަލައިގައި ރައީސް އޮފީހުން ދެއްވި ޖަވާބަކީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރައީސް ޔާމިނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އަދި ރައީސް ޔާމިން ގެންދަވަނީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެހެންނަމަވެސް މި ދެބޭފުޅުން ވެސް މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް އަދި ނޭނގެއެވެ.
ޚިޔާލު (1)
އުތުރުގެ ކޮންމެވެސް ރަށެއްގައި މިއީ ވަރަށް އާންމު ކަމެކެވެ. މިވާގޮތެއް އެރަށު މީހުންކައިރީގައި އަހާލީމާ ސާފުވާނެއެވެ. އެރަށު މީހުން މި ސިސްޓަމަށް ކިޔާއުޅެނީ އުބައްޖެހުމެވެ. ކުރިޔަށް އޮތްތަނުގައި މިކަން އާންމުކޮށް ފެނިގެންދާނެއެވެ.