ޕަލްސް ނޭޝަނަލް ފްރޮންޓް( ޕީއެން ފްރޮންޓް )ގެ ނަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަންނިންމައި ލޯގޯއާއި ސޯޝަލް މީޑިއާ އެކައުންޓުތައް ހާމަކޮށްފިއެވެ. ޕާޓީގެ ލޯގޯ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފައިނަލް ކޮށްފައިވާއިރު މާދަމާ ރައީސް ޔާމީން ގެ އައު ޕާޓީ ރަޖިސްޓަރ ކުރުމަށް އިލެކްޝަނަސް ކޮމިޝަނަަށް ހުށައެޅުމަށްވެސް ވަނީ ނިންމަވާފައެވެ. ރައީސް ޔާމީން މި ޕާޓީ އުފެއްދެވީ ޕީޕީއެމްގެ ރައީސް ގެ މަގާމުން އިސްތިއުފާ ދެއްވައި, އެ ޕާޓީން ވަކިވެ ވަޑައިގެންނެވުމަށް ފަހުއެވެ. https://twitter.com/pnfront/status/1728453491964907711?s=46&t=Tj-_47fWMsad04xOFjp11A ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑާޝިޕުން ޕާޓީގެ މަސައްކަތަށް އެމަނިކުފާނަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާކަމަށް ހާމަކުރެއްވުމަށް ފަހުއެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅަން މާދަމާ ހުށަހަޅާނެކަމަށް ވެސް މިކަމުގައި އިސްކޮށް އުޅުއްވާ ޔާމީންގެ ޓީމުން ވަނީ ބުނެފަ އެވެ.