މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު ކަމުގެ މަޤާމުގައި ހުންނެވި، މަރިޔަމް ޝިއުނާ(ނަންނަ) ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަނު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން މި ނޫހަށް ކަށަވަރުވެފައިވާއިރު، އޭނާ މިއަދު ވަނީ މާލެ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނުގެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. މަޤާމުން އިސްތިއުފާ ދެއްވައި އޭނާ މިއަދު ވަނީ މަޤާމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
”އަދި ކައުންސިލަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކާ ރައީސް ޑރ. މުޢިއްޒުއަށް ޝުކުރުދަންނަވަން. އަޅުގަނޑު މަޤާމްގައި ހޭދަކުރި ދުވަސްތަކުގައި މީޑިއާތަކުން ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކާ ހުރިހާ މީޑިއާތަކަށް ޝުކުރު ދަންނަަވަން.“ ޝިއުނާ މީޑިއާތަކަށް ފޮނުއްވި މެސެޖުގައިވެއެވެ.
ޝިއުނާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަނބަލެކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.