1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ "ހަފްތާ 14"އަށް އޮސްޓްރޭލިއާ ސަފީރު ޑޭވިޑް ޖަސެޕް ގެ ތައުރީފް

jeso
ނައިބު ރައީސް ހުސައިނ މުހައްމަދު ލަތީފް އަދި އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖަސެފް/ ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
278ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ތަރައްގީގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލައިފައިވާ "ހަފްތާ 14"އަށް އޮސްޓްރޭލިއާގެ ސަފީރު ތައުރީފު ކުރައްވައިފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، މިފަދައިން ވިދާޅުވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ސަފީރާއި ނައިބު ރައީސް ވާހަކަ ދައްކެވިއެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

300 × 250

އެގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުންމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައް ހިމެނެއެވެ.

އޮސްޓްރޭލިއާ އަދި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެ ގައުމުން ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ގާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައެވެ.

އޭގެއިތުރުން ސަފީރު ވަނީ، ދެ ގައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކަށް އިހްތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް އަދި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ގައުމުގެ ގާތް ރަޙުމަތްތެރިގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން ގުޅިގެންކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި