1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތުރުކީ އަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ކަނޑާލަން މަޝްވަރާކޮށްފި

21ބ
ޝަފްޢަތު ، ހުވަދޫ މީޑީއާ
308ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރާއި ތުރުކީއާ ދެމެދު އިއްޔެ މަޝްވަރާކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ ތުޒްކޫއާ ބައްދަލުކުރައްވައި ރާއްޖެއާ އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓު ކުރާ އިރު ދައްކަންޖެހޭ ޓެރިފް ކަނޑާލުމަށް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

300 × 250

ޒަމީރު ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރި ގުޅުން ބަދަހިކޮށްގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު އުސްމިނަކަށް ގެންދެވޭނެ ކަމަށެވެ.

ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހަމަ އެއާއެކު ދެ ގައުމުގެ ދެމެދުގައި ގާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި