1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑޮލަރު މާރުކުރުން ލާޒިމްކުރާ ޤާނޫނަށް އިސްލާހުތަކެއް ގެންނަނީ

އެމްއެމްއޭ
މަރިޔަމް އަފީފާ
208ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލައި، މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ކެޓަގަރީ އޭގެ ވިޔަފާރިތައް ނުވަތަ ރިސޯޓްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް އޮތް އިހުތިޔާރު އުވާލަން ވަނީ ހުށަހަޅައިފައެވެ. އަދި ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ސީދާ މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ހުރިހާ ރިސޯޓުތަކަކުންވެސް ހަމަހަމަ އުސޫލަކުން ޑޮލަރު މާރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މަތީ ފަންތީގެ ރިސޯޓުތަކުގެ ކޮޓަރިތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، ބޮލަކަށް 500 ޑޮލަރު މާރުކުރާ އުސޫލުގެ ދަށުން އެފަދަ ރިސޯޓުތަކުގެ އާމްދަނީއާ އަޅާބަލާއިރު މާރުކުރެވޭ ނިސްބަތް އާދައިގެ ރިސޯޓުތަކަށްވުރެ ކުޑަކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

300 × 250

މަތީ ފަންތީގެ ރިސޯޓުތަކުގައި ކޮޓަރިއެއްގެ އަގު އެތައް ހާސް ޑޮލަރަކަށް އަރާއިރު، ބޮލަކަށް 500 ޑޮލަރު މާރުކުރުމުން އާދައިގެ އެހެން ރިސޯޓުތަކުގެ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މާރުކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށްވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެހެންކަމުން، މިހާރު އޮންނަ އުސޫލުގެ ތެރެއިން ވަރަށް ބޮޑު އަދަދެއް އެމްއެމްއޭއަށް ގެއްލޭ ކަމަށާއި، އަލަށް ގެންނަ އިސްލާހުގެ ތެރެއިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ބޭންކުތަކަށް އިތުރަށް މާރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.

ރިސޯޓްތަކުން ޑޮލަރު މާރުކުރަން ޖެހޭ އުސޫލު ބަދަލު ކުރަން ނިންމި ނަމަވެސް, "ކެޓަގަރީ ބީ" ގައި ހިމެނޭ ގެސްޓްހައުސްތަކަށް އެއްވެސް ބަދަލެއް ގެންނަން އަދި އެމްއެމްއޭއިން ނުނިންމައެވެ. އެހެންކަމުން ގެސްޓްހައުސްތަކުން ކުރިއެކޭ އެއްގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް، "ކެޓަގަރީ ސީ" ގައި ހިމެނޭ، ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކަށް ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން އެފަދަ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ އާމްދަނީގެ ތްރެޝްހޯލްޑް މިހާރު އިން 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކުރަން ވަނީ ނިންމައިފައެވެ. އޭގެ މާނައަކީ މި އިސްލާހު ގެނައުމުން، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ވާނީ 25 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނަމައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި