1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަންޓާ އެއަރ އިން ކުޑަހުވަދޫ އިން ބެންގަލޫރަށް ސީދާ ދަތުރު ފަށަނީ

327896_3_2a89207f1c5294cd97a3369945b58a4f4b1fdb63_large
މަންޓާއެއަރގެ ބޯޓެއް ރަންވޭ މަތީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,484ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދ އަތޮޅު ކުޑަހުވަދޫ އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން މަންޓާ އެއާލައިން އިން ނިންމައިފިއެވެ.

މަންޓާ އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތައް ކުރާނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޑަހުވަދޫއަށެވެ.

މަންޓާ އިން މިގޮތަށް ސީދާ ދަތުރުތައް ފެށުމުން ދ. އަތޮޅުގެ ލަގްޒަރީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ.

300 × 250

ދ އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިމެނެ އެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު މިހާރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ޑޮމެސްޓިކް އަދި ސީޕްލޭން ދަތުރުތަކަށް ފަހު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ދަތުރުތައް މަންޓާއިން ފަށަން ނިންމުމުން އެ ކުންފުނިން ހޯދާ ކުރިއެރުން ހާމަވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މިހާރަށް ވުރެ ފަސޭހަކަމާ އެކު ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަންޓާއިން ރާއްޖޭގައި ދަތުރު ފެށީ 2019 ގަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި