ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުން އެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވައިފި އެވެ.

ޕީއެންސީއަށް އިސްތިއުފާ ދެއްވިކަމަށް ހިސްޓޯ އަންގަވާފައިވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައެވެ.

ހިސްޓޯގެ ސިޓީގައި އޭނާ ނުރުހޭ މީހަކާއެކު މަސައްކަތް ކުރައްވަން ބޭނުން ނުވާ ވާހަކަ ދޭހަވާ ގޮތަކަށް ވިދާޅުވެފައި ވަނީ ޕީއެންސީ ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ހިސްޓޯ ޕީއެންސީން އިސްތިއުފާ ދެއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ ކަންވެސް ވަނީ ހާމަވެފައެވެ.