ހުކުރުދުވަހުގެ މެންދުރުގެ ކެއުން ތަފާތު ކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެކެވެ. މިއީ ރިވެތި އަދި ހާއްސަ އާދައެއްވެސް މެއެވެ. މިއަދުގެ ރެސިޕީ ތަފާތުކޮށްލަމާ ހިނގާށެވެ. އާންމުކޮށް ދިވެހިންގެ ހުކުރުސުފުރާއަކީ ކުކުޅުކަން ޔަގީނެވެ. އެހެންނަމަވެސް މިއީވެސް ވަކި ކުކުޅަކަށް ވުރެ ދެރަ ރަހައެއް ނޫންކަން ޔަގީނެވެ. މީރުރަހައަކީ ހިތްހަމަޖެހުމަކަށް ވާއިރު ތަފާތު މީރު ރަހަތަކުން ހިތްހަމަޖެހުން އިތުރުނުވެ ނުދާނެތާއެވެ. މިއަދުގެ މެންދުރަށް ކަންކުން ބީފް ތައްޔާރުކޮށްލުން ކީއްތޯއެވެ. ރަހަމީރުވެފައި ސިއްހަތަށްވެސް ފައިދާހުރި ބާވަތެއްކަން ޔަގީނެވެ.
ހުވަދޫ ހުކުރު ސުފުރާ: ކަންކުން ބީފް

300 × 250
- 500 ގުރާމު ޓެންޑަލޮއިން ބީފް (ހިމަދިގުކޮށް ކޮށާފައި)
- 300 ގުރާމު ކަންކުން ފަތް (ބޮޑެތިކޮށް ކޮށާފައި)
- 2 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ސައިސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 2 ސައިސަމުސާ އިނގުރު (ގާާނާފައި)
- 4 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް
- 3 މޭޒުމަތީސަމުސާ ސޯޔާ ސޯސް
- ½ ސައިސަމުސާ ފިޝް ސޯސް
- ½ ސައިސަމުސާ މުގުރި އަސޭމިރުސް
- ½ ޖޯޑު ފެން
- ތެޔޮ
- ގިތެޔޮމިރުސް
ތައްޔާރުކުރާނެ ގޮތް:
ތަވަޔަށް ތެޔޮ އަޅާ، ހޫނުކޮށްލާނީއެވެ. އެއަށްފަހު އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި ރަތްކޮށްލާށެވެ. ފިޔާ، ކަންކުން ފަތްކޮޅު އަޅައި 5 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. އެއަށްފަހު އޮއިސްޓާ ސޯސް، ސޯޔާ ސޯސް، ފިޝް ސޯސް، އަސޭމިރުސް، ގިތެޔޮމިރުސް އަޅައިގެން 3 މިނެޓު ކައްކާނީއެވެ. ދެން އޭގެ ތެރެއަށް ގެރިމަސްކޮޅު އަޅައި މަޑު ގިނީގައި، މަހުން ނުކުންނަ ފެން ހިދެންދެން ކައްކައި ރޯފިލުވާށެވެ.
300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.