1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޒަމްޒަމް ފާރިޝްއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ފަށައިފި

xaz
ޝަފްޢަތު ، ހުވަދޫ މީޑީއާ
309ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ބަލަން ފަށައިފިއެވެ.

ޒަމްޒަމް ފާރިޝްއަކީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫލާތު ލިބިފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

300 × 250

އެ މައްސަލަ ބަލަމުން އަންނައިރު ޒަމްޒަމް ފާރިޝްވަނީ އަރަބިއްޔާ ސްކޫލުން ވަކިވާން ނިންމައިފަ އި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ވެރިކަން ބަދަލުވުމުގެ ކުރިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގު އަންނަނީ ހިންގަމުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެ މައްސަލައާ ގުޅިގެން ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޒަމްޒަމް ފާރިޝްވަނީ ކުރިންވެސް ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އޭނާ އޭރު ސަސްޕެންޑް ކުރެވުނީ ކުރީގެ ވެރިކަމުގައި ރައީސް ސާލިހު ނެރުއްވި ގަރާރަކަށް ފާޑިކުން އަމާޒު ކުރުމުންނެވެ. އެހެންނަމަވެސް އޭނާގެ ސަސްޕެންޝަން އުވާލަން ޖެހުނީ އޭނާ ސަސްޕެންޑް ކުރެވުނީ ގަވާއިދާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓަރިބިއުނަލްއިން ނިންމުމާއި ގުޅިގެންނެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އަލީ ބިން ޔޫސުފް

    ދަންނާށެވެ. ބޮޑެތި ދޮގު ހަދައިގެން ކުށެއްނެތް މީހުން ބަދުނާމް ކުރާމީހުން ﷲ ބޭޒާރު ކުރައްވާނެއެވެ. އެއީ ﷲގެ ސުންނަތެވެ.

ގުޅުންހުރި