މަސްވެރިއަކު ފިޝަރީޒް މިނިސްޓަރަށް އެޑްރެސްކޮށް، މީސް މީޑިއާއަށް ދޫކުރި ސިޓީއަކަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ޖަވާބުދެއްވައިފިއެވެ. މި ސިޓީގައި، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ވައުދުތައް ހިމެނެއެވެ
"އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ،" ސިޓީގައި މަސްވެރިން ބުނެފައިވެއެވެ.
އެ ސިޓީގެ ޖަވާބުގައި މިނިސްޓަރު ޝިޔާމު ވިދާޅުވީ މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައެވެ.
https://twitter.com/Shiyamaldives/status/1730307338769408280
"އެކުވެރި ޖިނާހް (ޖިނާއްޕެ) އަށް ވަރަށް ވެދުމާ ސަލާމް. މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައި ދަންނަވަން، "ވަރަށް އުފާކޮށްފިން މީސްމީޑިޔާ މެދުވެރިކުރައްވާ އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުއްލެވީތީ. އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން ޔަޤީންކަން އަރުވަން. މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން إن شاءالله. ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން." މިނިސްޓަރު ވިދާޅުވިއެވެ.








ޚިޔާލު (1)
އަނގަބަހުންދޭޖަވާބަކުންކަނޑާފޮންޏަކުންކުރެވޭނެކަމެއްއޮންނާނެތަސިޔާމުރައީސްޔާމީނުނޫންމީހެއްދުނިޔޭގައިނެއްކަމަގޮވަމުންހަޅޭލަވަމުންދުވުނުކޮބާކިހިނެއްމިވީ