1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަރބަންކޯ އެމްޑީ ފަޒުލް, ފޭސް 2އަށް ކުރެއްވި ޒިޔާރަތް: ކުދި ވިޔަފާރިވެރިންނަށް އުންމީދީ ތަސައްލީ އަކަށް!

fx1
އަރބަންކޯ އެމްޑީ ފަޒުލް, ފޭސް 2އަށް ކުރެއްވި ޒިޔާރަތުގައި :ފޮޓޯ އަރބަންކޯ
ޝަފްޢަތު ، ހުވަދޫ މީޑީއާ
344ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ތަރައްޤީ ކުރަމުން އަންނަ އާ ސިޓީ ނުވަތަ ޒުވާނުންގެ ސަހަރަކީ ވަރަށް ގިނަ ބައެއްގެ އުންމީދު ތަކާއި ގުޅިފައިވާ އަވަށެކެވެ. ރާއްޖޭގެ އެކި ކަންކޮޅަށް ނިސްބަތްވާ އާއިލާ ތަކުން ވަޒަންވެރި ވަމުން އަންނަ ތަނެކެވެ. ހަމަ އެހެންމެ އެއީ ދިވެހި ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްޤީ ކުރާ ތަން ވެސް މެއެވެ.

ނަމަވެސް އެތަނުގެ ހިޔާ ތަކުގައި ދިރިއުޅޭ މީހުން ތިބެނީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުން ދައްކަވަމުން ގެންދެވި ވާހަކަ ތަކުން ވެސް އެކަން ސާބިތުވެ އެވެ. އެގޮތުން ލިބެންޖެހޭ ބައެއް އަސާސީ ޙައްޤުތައް ވެސް ނުލިބޭ ކަމާއި މެދު ފަންތީގެ ނުވަތަ ކުދި ވިޔަފާރި ތައް ކުރުމުގައި ހުރި ދަތިތަކާއި ހުރި ގޮންޖެހުން ތަކަކީ އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންކަމެވެ.

ހުޅުމާލެ ތަރައްޤީކޮށް ބަލަހައްޓާ ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މަޤާމަާ ޙަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ވެސް މިސްރާބު ޖެއްސެވީ ފޭސް 2 އަށެވެ. ސަމާލުކަން ދެއްވީ މި ދެންނެވި ތަކުލީފު ތަކަށެވެ.

300 × 250

fx2އަރބަންކޯ އެމްޑީ ފަޒުލް, ފޭސް 2އަށް ކުރެއްވި ޒިޔާރަތުގައި :ފޮޓޯ އަރބަންކޯ

ފަޒުލް ވަނީ އިއްޔެ ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި އެސަރައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް ބަލާ ރަނގަޅު ކުރަން ޖެހޭ ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

ޚާއްޞަ ކޮށް އެތަނުގައި ތިބި މީހުންނާ އަމިއްލަފުޅަށް ސުވާލު ކުރައްވާ އެމީހުންގެ އިޙްސާސް ތައް އަޑު އްއްސެވުން ވެގެން ދިޔައީ އެ ވެރިންގެ ހިތުގައި އުންމީދު އާވެ ހިތުގައި އުންމީދުގެ ތަސައްލީ އެއް އުފެދުނު ޖަމަކަށެވެ. ފަޒުލް އެތަނުން ވަޑައިގަތުމުން ވެސް ގިނަ ބަޔަކު އެތަނުގައި ތިބެ ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެ ކަމުގެ ވާހަކަ ތައް ދެއްކި އެވެ. އާ ސަރުކާރަށް ތަޢުރީފު ކުރި އެވެ. އަރބަންކޯ ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ގެ އެ ޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއު ބައިވެރިވެވަޑައިގަތުމަށް ދެކެނީ އިތުބާރު ބޮޑުވި ކަމެއްގެ ގޮތުގައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޙޯހޯ

    ޤާނޫނެެެއް ނެތީތޯ

ގުޅުންހުރި