1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާ: ރައީސް

china maldives
ޗައިނާގެ މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގްއާ އެކު ބޭއްވި ބައްދަލުވުމުގައި ޑރ މުއިއްޒު ފޮޓޯ ރައީސް އޮފީސް
ހުވަދޫ ނިއުސް ޓީމް
462ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

300 × 250

https://twitter.com/presidencymv/status/1730602129923121248?s=20

ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އައު ދައުރު ފެށްޓެވުމުގެ މުނާސަބަތުގައި ރައީސް މުޢިއްޒަށް މަރްޙަބާ ވިދާޅުވި އެވެ. އަދި ޗައިނާއިން އަބަދުވެސް ރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ޗައިނާއިން ދަމަހައްޓާނެކަމަށް ވިދާޅުވެ، ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި