ކ. ހުރާ އަށް މިއަދު ވަޑައިގަތުމުން އެ ރަށުގައި ހިންގި އަމަަލަކީ ޝައްކެއް ވެސް ނެތް ގޮތެއްގައި ބައެއްގެ އިޝާރާތަށް ހިންގި ކަމެށާއި އެއީ ބަޔަކު އަޑީގައި ތިބެގެން ކުޅުނު ޑްރާމާއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމްގެ އިސް ވެރިންގެ ޓީމެއް ކ އަތޮޅު ހުރައަށް މިއަދު ވަޑައިގަތުމުން އެރަށުގެ ބަޔަކު ހުސްގޮނޑިއެއް ހިފައިގެން ތިބެ ފާޅު ކުރި ޝުޢޫރު ތަކާ ގުޅިގެން މިހާރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވެފައިވަނީ ހުރާގައި މިއަދު އެ ބޭފުޅުންނާ ދެކޮޅަށް އަޑުއުފުލި ޓީމުގެ ބައެއް މީހުންނާ ވާހަކަ ދައްކަވައި ހަގީގަތް ސާފުކޮށްދެއްވި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިއަދު ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓީމު ހުރައަށް ފޭބި ވަގުތު ޕީޕީއެމް ކުލައިގެ ހުސްގޮނޑިއެއް ހިފައިގެން ތިބި ބަޔަކު "ގޮނޑި އަށް ބައްލަވާ" ކިޔަމުން ފަހަތުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.