އދ. ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެއްލައިލި އަންހެން މީހާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވިހެއުމަށްފަހު ފޫޅު ނުކަނޑާ ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މިއަދު ހެނދުނު 9:20 އެހާ ކަންހާއިރު އެރަށު ކުނިގޮނޑުންނެވެ. މި މައްސަލައިގެ ހަބަރު ލިބުމާއެކު ފުލުހުން ވަނީ އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އެގޮތުން ފުލުހުން ދެންމެ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބިދޭސީ އަންހެނެއް ކަމަށެވެ.

އަންހެންމީހާ ދިގުރަށުން ފުރައިގެން (މާލެ އައުމަށް) އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެބަހުރިކަމަށާއި ހައްޔަރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.(ކުރިން ހައްޔަރު ކުރެވުނޭ ބުނެވިފައި ވަނީ އޮޅުމަކުން ކަމަށްވެސް ފުލުހުން ބުންޏެވެ.)

މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.