"ވިލަވްސް" ޖަމިއްޔާގެ ފަރާތުން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސަލާހުއްދީނު ސުކޫލުގެ "ސެން" ކުލާހަށް "65 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާ ކޮށްފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ސަލާހުދީން ސްކޫލްގައި ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކުލާހަށް، "ސްމާޓް އެޑިއުކޭޝަން ސޮލިއުޝަން"ގެ އިތުރު އާ ހަރުފަތަކަށް ދިއުމަށް މިއަދު "ވިލަވްސް" އިން ހަދިޔާ ކުރި މި ސްމާޓް ޓީވީ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަަކޮށްގެން ތައްޔާރުކޮށްފައިވާ އެ ފަރާތްތަކަށް ހާއްސަ ޓީވީއެކެވެ.
މިޓީވީ ހަދިޔާ ކުރުމުގެ އުފާ ފާޅުކުރަމުން "ވިލަވްސް" އިން ހިއްސާ ކޮށްފައިވާ ޕޯސްޓުގައި "މުޖުތަމައުގެ ހިއްސާއެއްކަަމަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދަ އެއްހަމައެއްގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން އަޒުމަކަށް ހެެދުމަށް ހުރިހާ ދިވެހިންގެ ފަރާތުން ވަނީ އެދިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.