ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހޮވިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހޮވިވަޑައިގެންނެވީ އެކަމަށްޓަކައި މިރޭ މަޖިލީހުގައި ނެގި ވޯޓު ކާމިޔާބުކުރައްވައިގެނެވެ.
https://twitter.com/mvpeoplesmajlis/status/1731358788572287361?s=20
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ވޯޓްގައި ސަލީމަށް 51 ވޯޓް ލިބިވަޑައިގަތެވެ. ސަލީމާއި ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ﷲ ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެމަޤާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވިއިރު، އޭނާ މަޤާމުން ވަކިކުރުމަށް އެމްޑީޕީން އޮތީ މަޖިލީހަށް ޤަރާރެއްވެސް ހުށަހަޅާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.