1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިރުބަވެރިންގެ ލިސްޓާގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ހުށަހެޅި ގަރާރު ބަލައިގެންފި

nazi
ޝަފްޢަތު ، ހުވަދޫ މީޑީއާ
305ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އެތައް ދިވެހިންގެ ނަމަކާއި ދިވެހިކުންފުނިތަކެއްގެ ނަން ހިމެނޭހެން އެމެރިކާ އިން ކަނޑައެޅި ނިރުބަވެރިންގެ ލިސްޓާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފިއެވެ.

އައިއެސްއައިއެސްއާއި އަލްގައިދާ ޖަމާއަތަށް ތާއީދުކުރާ އަދި ނިރުބަވެރި ކަމަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭ 20 ދިވެއްސެއްގެ ނަމާއި އެ ފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއަކު އެމެރިކާ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ފަރާތްތަކާއެކު މުއާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅިގެން މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 37 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ވޯޓުން މިގަރާރު ވަނީ ބަލައިގެންފައެވެ.

300 × 250

މިފަދަ ކަންތައްތަކަކީ ރާއްޖެއަށާއި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވުމާއެކު މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ނަމަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަންވެސް ނާޒިމް ހާމަކުރައްވާފައިވެއެވެ.

ނާޒިމް ގޮވާލައްވާފައި ވަނީ މިހުރިހާ ކަންކަމަށް އަލިއަޅުވައިލެއްވުމާއެކު ކަމުގެ ނުރައްކާ ދިވެހި މުޖުތަމައުގައި އޮތް މިންވަރު ވަޒަންކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ކުރެއްވުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ދިވެހީންނަށް ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށާއި އެހެންކަމުން ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ދިރާސާކުރުމަށްފަހު އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި