ކުރީގެ ރައީސް ޔާމިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ އާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އަށް 3000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހަފްތަގެ ބުރާސްފަތި ދުވަހު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ އެޕާޓީއަށް ސޮއިކުރުމަށް ފޯމު ފުރަމުންދާ ފަރާތްތަކުގެ ފޯމުތައް ވީހާވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވާދިނުމަށް އެދޭކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ފޯމުތައް ޗެކްކޮށް ނިމިއްޖެނަމަ މިހަފްތާގެ ބުރާސްފަތި ދުވަހު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނެ ކަމުގައެވެ. ރައީސް ޔާމިނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ރޭވެސް ވަނީ އެ ޕާޓީއަށް ސޮއި ކޮށްފައެވެ. ކުރީގެ ރައީސް ޔާމިން އުފައްދަވާ އާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެޕާޓީން ފާއިތުވި އެއް ހަފްތާ ތެރޭގައި އެޕާޓީންވަނީ ބާރަށް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން އެޕާޓީގެ ޓީމަކުން ވަނީ ފުވައްމުލަކުގައި ފޯމު ފުރުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އަދި އޭގެ އިތުރުން ހިޔާ ފްލެޓް ސަރަހައްދުގައާއި ޕާޓީ އޮފީހުގައިވެސް ވަނީ ފޯމު ފުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.
ރައީސް ޔާމިންގެ އާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވަނީ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.