އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ދަ ޑިމޮކްރެޓްސް ހެދުންކަމަށް، ޕާޓީއަށް އިންތިހާބުވެ ވަޑައިގެންނެވި ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ ބޮޑު ޕާޓީ އެއްކަމަށާއި، ނަމަވެސް އެއީ ވަރުގަދަ ޕާޓީއެކޭ ބުނެވެން ނެތްކަމަށާއި ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކުރެވިއްޖެއްވިނަމަ، އެއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ދަ ޑިމޮކްރެޓްސް އަށް އިތުރު ހަތަރު ހާސް މެންބަރުން ހަމަ ކުރަންޖެހޭ ކަމަށް ވެސް އެޕާޓީގެ ރައީސްކަމަށް، އަލަށް އިންތިހާބުވެ ވަޑައިގެން ހަސަން ލަތީފް ވިދާޅުވިއެވެ. ޙަސަން ލަތީފް ވިދާޅުވީ ގާނޫނުގައި ވާ ގޮތުގެ މަތިން އިދާރީގޮތުން ޕާޓީ ހިންގާނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެހެން އަންނަނީ ޕާޓީއަށް ޖުމުލަ ދިހަ ހާސް މެންބަރުން ހަވަވެގެންކަމަށާއި ޕާޓީއަށްޓަކައި ވިވަގުތު ކުރަންއޮތް އެންމެ މުހިންމު އެއްކަމަކީ ޕާޓީއަށް އިތުރަށް މެންބަރުން އިތުރުކުރެއްވުން ކަމަށެވެ. ފާހަގަކުރައްވާ ދާ ޑިމޮކްރެޓްސްގައި ޕާޓީގައި ތިބީ 6000 ވަރަކަށް މެންބަރުންކަމަށް އެ ޕާޓީން ބުނެއެވެ. ހަސަން ލަތީފް ވަނީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި އެ ޕާޓީގެ ރައީސްކަަމަށް ވާދަކުރައްވާ ޖުމުލަ 1704 ވޯޓުންނެވެ.