1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ކާވެންޏަށްފަހު ފިރިމީހާ ފަލަވަނީތަ! މިއޮތީ އެކަމަށް ހައްލެއް

gg
ހުވަދޫ ނިއުސް ޓީމް
970ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކައިވެނި ކުރުމަށްފަހު ފިރިހެން މީހާގެ ސިފަ ބަދަލުވެ ފަަލަވާ ވާހަކައަކީ އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ދިވެހީންގެ ތެރޭގައި އާންމުކޮށް ވަމުންދާ ކަމެކެވެ. ގަބޫލުކުރަން ދަތި ކަމަކަށް ވިޔަސް މިއީ މިފަހަކުން އައިސް އާންމުކޮށް ހިނގަމުންދާ ކަމެކެވެ.

ކައިވެނި ކުރާތާ ދުވަސްތަކެއް ފަހުން ރައްޓެހިންނާ ދިމާވުމުންވެސް ވަރަށް ގިނަ ފަހަރު ރައްޓެހިން ފަލަވާ ވާހަކަ ދައްކާނެއެވެ. ގިނަ ފަހަރަށް މަޖާ ގޮތަކަށް ހަދާފަ އަނބިމީހާ މާގިނައިން ކާންދޭތީ ފަލަވަނީއޭ ނުވަތަ މާ ގަދައަށް ލޯބި ލިބޭތީ ފަލަވަނީ ކަމަށް ބުނެލައެވެ. އޭގެ އިތުރުން އަނބިމީހާ ބަނޑު ބޮޑުވުމުގެ ބަދަލުގައި ފިރިހެން މީހާގެ ބަނޑުގެ ވާހަކަ ދައްކާލައެވެ.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެނިކޮށް ދިރިއުޅުމަށް އަންނަ އެކިއެކި ބަދަލުތަކުގެ ސަބަބުން، ފިރިހެން މީހާ ފަލަވެ ބަރުދަން އިތުރުވެއެވެ. ނަމަވެސް މިއީ އަންހެންމީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ ކަމެއްކަން އެނގޭކަށް ނެތެވެ.

300 × 250

ތަޖުރިބާކާރުން މިކަމުގައި ދެކޭގޮތަކީ ކައިވެނި ނުކޮށް އުޅޭ ފިރިހެނުން ބައެއް އަންހެނުންނެކޭ އެއްފަދައިން އެމީހުންގެ ހަށިގަނޑަށް ވަރަށް ރަނގަޅަށް ބަލައިގެން އުޅޭ ކަމަށާއި، ކައިވެންނަށްފަހު ކުރިން ހުރި ގޮތަށް ފިޓުކޮށް ހުރެ އަންހެނުންގެ ސަމާލުކަން ހޯދުމަށް މާބޮޑު މަސައްކަތެއް ނުކުރާނެއެވެ. އަދި ވީހާވެސް ބޮޑަށް އަނބިމީހާގެ ސަމާލުކަން ހޯދައި، ހިތްހަމަ ޖެހޭ ގޮތަކަށް ހުރުމަށ އިސްކަންދޭ ކަމަށެވެ.

މީގެ އިތުރުން ކާވެނިކުރުމަށްފަހު ޤަވާއިދުން ކެއުމަށް ފިރިހެނުންނަށް އަނބިން ބާރުއެޅުންވެސް، ފިރިހެނުންގެ ބަރުދަން ކާވެންޏަށްފަހު އިތުރުވުމާއި ގުޅިފައިވާކަމަށް ދިރާސާވެރިން ބުނެއެވެ.

ސައިންސުވެރިން ބުނާގޮތުގައި ފިރިހެނުންގެ ހަށިގަނޑަށް ބަދަލު އައިސް ފަލަވުމަށް ދިމާވަނީ ކާވެންޏަށްފަހު ދިރިއުޅުމުގެ އާދަތަކަށް މާބޮޑަށް ބަދަލު ގެނައުމުން ކަމުގައިވާއިރު، ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުންފަދަ ކަންކަމާއި ދުރުނުވެ އުޅޭކަމުގައިވާނަމަ، މިމައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

އެހެން ވުމުން ކައިވެންޏަށް ފަހު އެއަންނަ ބަދަލުތައް ކުރިޔެކޭ އެއްގޮތަށް ބައްޓަންކޮށް ތިމާގެ ހަށިގަނޑަށް ބަލައިގެން ގަވާއިދުން ކަޝްރަތުކޮށް އުޅުމުން ފަލަވުމަށް ހައްލެއް ލިބުނީއެވެ. ޖިމަށްވެސް ދާންވީއެވެ. ދުވަން ވެސް ދާންވީއެވެ.

ފިރިހެނުންގެ އިތުރުން އަންހެނުންވެސް ކާވެންޏަށްފަހު ދިރިއުޅުމުގެ ކަންތަކަށް މިގޮތަށް ބަދަލު ގެނެސްފިނަމަ ފަލަވެ ބަރުދަން އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި