ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ސައްތަ އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކޮށްފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކެބިނެޓުގައި މިއަދު ނިންމެވި މުހިންމު ކަންކަން ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅަފައިވާ އެންމެ މުހިންމު ކަމަކީ މިފްކޯއަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުންކަމަށް. އެސްޓީއޯގެ ސަބުސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިއަދު ކެބިނެޓުން ނިންމެވީކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް މަސްވެރިންގެ ވަޢުދު ހާސިލްކުރުމަށް މަގުފަހިކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމްކޮށް މިފްކޯގެ ހިއްސާދާރަކަށް ހެދުމަށް. އެކަން ވާނީ މިކަންތައް ކުރިއަށް ގެންދިޔާމަ." ރައީސް ވިދާޅުވިއެވެ.