1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިލޭ މެޑިކަލް ޗެކަޕް އާސަންދައިގެ ތެރެއިން ހެދޭ ގޮތް ހަމަޖައްސައިފި

mui24
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,394ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހަައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވީ އެކި އުމުރު ފުރައަށް ބަހައިގެން އެކި ޕެކޭޖުތަކަށް އެ ހިދުމަތްދޭން ސަރުކާރުން ވިސްނާފައިވާ ކަމަށެވެ.

"އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ, މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ ސްކީމުގައި ރެޖިސްޓަރކޮށްފައި ހުންނަ ސެންޓަރުތަކުން ވެސް ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށެވެ. ވީމާ ޗެކްއަޕްތައް ގަވާއިދުން ހެދުމަށް ސަރުކާރުން ބާރުއަޅާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދިހަމައެހެންމެ ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އަހުމަދު.

    މީގެ ކުރިންވެސް ތިކަންތަށް ކުރެވޭ

ގުޅުންހުރި