1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެޒެޓުކުރި ލިސްޓުގައި ނަން އޮވެއްޖެނަމަ ގޯއްޗާއި ފްލެޓު ލިބޭނެ: ރައީސް

muizzu
ހުވަދޫ ނިއުސް ޓީމް
631ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ ސަރުކާރުގައި ހިންގި ބިންވެރިޔާއާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ފްލެޓު ލިބޭނެކަމަށް ލިސްޓުގައި އޮތް އެންމެނަށް އެތަންތަން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޫކުރުމަށް ހިންގި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި، 9001 ގޯތި ދޫކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 4000 ފްލެޓު ލިބޭނެ މީހުންގެ ލިސްޓެއްވެސް ޢާންމުކުރިއެވެ. އެ ލިސްޓުގައި 13 ހާހަށްވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި، އޭގެ ތެރެއިން 4000 ފްލެޓު ލިބޭނެ މީހުންނަށް ފްލެޓުގެ ލިޔުންވެސް އޮތީ ހަވާލުކޮށްފައެވެ. ނަމަވެސް އެކަމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއްވެސް މީހެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލާނެކަމަށެވެ. އެގޮތުން ފްލެޓު ނުވަތަ ގޯތި ލިބުނުކަމުގެ ރަސްމީ ލިޔުން ލިބިފައި ނެތްނަމަވެސް، ގެޒެޓުކުރި ލިސްޓުގައި ނަން އޮވެއްޖެނަމަ އެމީހަކަށް އެތަނެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު ދެންނެވިން އެއްވެސް މީހަކަށް ފްލެޓެއް ގޯއްޗެއް ލިބުނު ތަނަކުން އެ ލިބު ގޮއްޗެއް ނޫނީ ފްލެޓެއް އެމީހެއްގެ އަތުން އަތުނުލާނަމޭ. ރަސްމީކޮށް ގެޒޓު ކުރެވިފައި އޮވެއްޖެއްޔާ އެއޮތީ އެމީހާއަށް ލިބިފަ. އަދި ލިޔުން ނުލިބިވެސް ހުރދާނެ ބައެއް ފަރާތްތަކަށް. ރަޖިސްޓްރި ނުހެދިވެސް އޮވެދާނެ. އެއީ އަދި އެހެންކަމެއް. އެހެންވީމަ ފައިނަލް ލިސްޓެއް ގެޒެޓު ކުރެވިފަ އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމެވުމެއް. ސަރުކާރުގެ ނިންމެވުމެއް އޮވެއްޖެއްޔާ ލިބޭނެ. އެއަކަށް ބަދަލެއް ނާންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

ރައީސް ވަނީ ކުރީ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދައިދޭ ޤަވާއިދަށް ގެންނެވި ބަދަލާގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

300 × 250
"ރަޖިސްޓްރީ ހަދައިދިނުން އެބައޮތް ޤަވާއިދަށް ބަދަލެއް ގެނެސްފަ. ދެން އޭގަ ޤާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި އެއްޗެއްތޯ ޤާނޫނީ ބޭފުޅުން އޭޖީން އަޅުގަނޑުމެންނަށް ލަފާދެއްވާނެ. ކޮންމެގޮތެއްވިޔަސް އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނަން. އެއަކުނެތް ސުވާލެއް. އެ ވަރަށް ސާފު. ރަޖިސްޓްރީ އޮތްތޯއެއް ނެތްތޯއެއްލިޔުން ލިބުނތޯ ނޫނީ ނުލިވޭތީ އެއީ އިދާރީކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ނަމަވެސް ނުގަވައިދުން ނުވަތަދޮގު މައުލޫމާތު ދީގެން ނުހައްގުން ހޯދާފައިވާ ތަނެއްނަމަ އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ބަލާނެކަމަށާ ފިޔަވަޅުވެސް އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ވަކި ކޭސްއެއް. އޭސީސީން ބަލާނެ ވަކިން. ނޫނީ އެހެންތާކުން ބަލާނެ. އެމީހަކަށް ހުކުމެއްވެސް ކޮށްފާނެ. އަޅުގަނޑަކަށް ނޭނގެ. އެ އެޕްލައިއެއް ނުވާނެ ނޫންތޯ އެންމެންނަކަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގުޅޭ ގޮތުން ގިނަ ބަޔަކުވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި މިމައްސަލަ އޭސީސީއަށްވެސް ހުށަހަޅާފައިވުމުން، އޭސީސީގެ އެންގެވުމަށް ފްލެޓު ދޫކުރުމުގެ މަސައްކަތްވަނީ ހުއްޓާލާފައެވެ. އޭ.ސީ.ސީން ވިދާޅުވެފައިވަނީ، ތަޙުޤީޤުގެ ތެރެއިން ބެލި ބެލުމުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރެވެން ހުރި ޙާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށް އޭސީސީންވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި