ގ ކެޓޭނިޔާ ރަންފުޅު އަވަހާރަވެއްޖެ އެވެ.
ރަންފުޅު، އުއްމުކުލްސުމްއަކީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޮޑު ދައިތާފުޅެވެ.
ގ.ކެޓޭނިޔާ ގެއަށް އުފަން ރަންފުޅު އަވަހާރަވީ ސްރީ ލަންކާގެ ކޮލަންބޯގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.
އަވަހާރަވިއިރު ރަންފުޅުގެ ސީދާ އުމުރު ޔަގީނެއް ނޫނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ރަންފުޅަށް ވާނީ 96 އަހަރު ކަމަށެވެ. އެހެންނަމަވެސް އިސްމާއިލް ވަހީދު ބަޔާންކުރައްވާފައިވާ ގޮތުގައި ރަންފުޅު ދުނިޔެއަށް އުފަންވެވަޑައިގަތީ މީލާދީން 1929 ވަނަ އަހަރު ކަމުގައެވެ. އެގޮތުން ބަލާކަމަށް ވާނަމަ ރަންފުޅަށް މިއީ 94 އަހަރެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.