އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑުނުތާ ތިން ދުވަސްވިއިރުވެސް ފެން ފޯރުކޮށްދެވެން ފެށިފައެއް ނުވާކަމަށް އެރަށުގެ ބައެއް ގެތަކުން މައުލޫމާތު ދީފިއެވެ.
އެހެންނަމަވެސް ފެނަކަ ކޯޕަރޭޝަންއިން ރޭ ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގެ އާރް.އޯ ޕްލާންޓްއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މާލެއިން ގެންދެވުނު ވީ.އެފް.ޑީ ޑްރައިވް އިންސްޓޯލް ކުރެވިފައި ވާކަމުގައެވެ.
އޭގެ އިތުރުން ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގގެ މަސައްކަތް ކުރިއަށް ދާކަމަށާއި، 1 ގަޑިއިރު ތެރޭ ފެން ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.