ޝައްކެއް ނެތެވެ.
ޅަފަތުގައި އެމީހެއްގެ ދަރިއަކު މި ދުނިޔެއާއި ވަކިވެގެން ދިޔުމަކީ، މަންމަ އަކާއި ބައްޕައަށް ލިބޭނެ އެންމެ ބޮޑު މާޔޫސްކަމާއި ހިތާމަ އެވެ. އެއީ މައި ޅަ ގޮނޑިއަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް ކިތަންމެ ވަރަށް ދެރަވެ ހިތްދަތި ވިޔަސް އެއީ ދެރަވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ޅަ ދަރިންނަކީ ނިޢުމަތެކެވެ.. އެ ދަރިން އެކުދިންގެ މަންމަ އާއި ބައްޕަގެ އިންތިޒާރުގައި ޖަންނަތަށް ވެއްދުމަށްޓަކައި، ޝަފާޢަތްތެރިވެ، މާތް ރަސްކަލާނގެ ހަޟްރަތުގައި އާދޭސް ދަންނަ ވާނެ އެވެ. މައިންބަފައިންގެ އިންތިޒާރުގައި ޖަންނަތުގެ ދޮރު ކައިރީގައި ތިބޭނެ އެވެ.
ރާއްޖޭގެ ރައްޔިތުންގެ ހިތިްތަކުގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޝެއިޚް އާދަމް ޝަމީމް އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ޅަފަތުގައި ނިޔާވާ ކުދިންނަކީ މާތް ރަސްކަލާނގެ، ޖަންނަތުގައި ލައްވައިފައިވާ ޖަވާހިރުންގެ ގޮތުގައި ސިފަ ކުރައްވައިފައިވާ ކަމަށެވެ.
މުއުމިނުން ޖަންނަތަށް ވަންނަ ހިނދު، އެބައިމީހުންނަށް އިސްތިޤްބާލު ކުރަން މާތް ރަސްކަލާނގެ ލައްވައިފައި ވަނީ މުއުމިނުންގެ ކުޑަ ކުދިން ކަމަށެވެ. އަދި މީހަކަށް ދަރިން ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި ދަރިފުޅަކު ކުޑައިރުގަ ނޫނީ، ލަފަތުގަ ގެންދެވި ނަމަވެސް އެއީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ.
”މީހަކަށް ދަރިން ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް، އަދި ދަރިފުޅަކު ކުޑައިރުގަ ނޫނީ، ލަފަތުގަ ގެންދެވުމަކީ ވެސް، ވަރަށް ބޮޑު ނިޢުމަތެއް، އަޅުގަނޑުމެން ދެރަވާނެ. ނަމަވެސް އެއީ ވަރަށް ބޮޑު ނިޢުމަތެއް.“ ޝެއިޚް އެ ވީޑިއޯގައި ވިދާޅުވިއެވެ.
ސަބަބެއް ކަމުގައި ޝެއިޚް ވިދާޅުވީ، ނިޔާވި ދަރިފުޅު މަންމަ އާއި ބައްޕަގެ އިންތިޒާރުގައި، ސުވަރުގޭގެ ދޮރުކޮޅެއްގެ ކުރިމަތީގައި މަޑު ކުރުމެވެ. އެހެންކަމުން، މަންމަ އާއި ބައްޕަ އަކީ މުއުމިނުން ކަމުގައި ވެއްޖެނަމަ، ޅަފަތުގައި ވަކިވާ ދަރީން މައިންބަފައިން ޖަންނަތަށް ވެއްދުމަށްޓަކައި، ޝަފާޢަތްތެރިވެ، މާތް ރަސްކަލާނގެ ހަޟްރަތުގައި އާދޭސް ދަންނަވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި މާތް ރަސްކަލާނގެ އެ ކުދިންގެ އެ ދެންނެވުން ޤަބޫލު ކުރައްވަވާނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
ޝެއިހް ޝަމީމްގެ މި ފޭސްބުކް ވީޑިއޯ އަށް ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައެއެވެ.
ޚިޔާލު (1)
ތިޔަހެން ވެއްޖެއްޔާ ފަލަސްތީނުގެ ކުޑަކުދިންތަށް ސުވަރުގޭގެ ދޮރުކޮޅުގައި އެލިގަނެގެން ތިބޭނެތާ މައިންބަފައިންގެ އިންތިޒާރުގައި