1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެންސަރުގެ ބަލިމީހަކަށް ގުޅުއްވައި ހީނާ، ދެއްވީ ފަރުވާ ކުރިއަށް ގެންދިއުމަށް އެހީ ވާނެކަމުގެ ޔަގީންކަން

hth
ފޮޓޯ:އެމްބީޓީ.އެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
256ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކެންސަރަށް ފަރުވާ ހޯދަމުންގެންދާ އައްޑޫ ސިޓީ ފޭދޫ މީހަކަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ގުޅުއްވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވައިފިއެވެ.

އުރަމަތީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދާ ފާތިމަތު ޝާމިލާއަށް ހީނާ ގުޅުއްވީ މީސް މީޑިއާގައި ދައުރުވަމުންދިތަ ޕޯސްޓެއް ފެނިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ހީނާ ވިދާޅުވީ، އޭނާ އިއްޔެ ޝާމިލާއަށް ފޯނުން ގުޅާ ހާލު އޮޅުންފިލުވާފައިވާ ކަަމަށެވެ.

300 × 250

"ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުވިން. އަދި އެގޮތަށް އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނިން،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

"ކޮންމެ ބޭފުޅެއްގެވެސް އަޑުއަހާނަން. އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނަން،" ހީނާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި