ޣައްޒާގައި އައު ހޮސްޕިޓަލެއް ހުޅުވަން ތައްޔާރު ވާކަމުގައި ރަޝިޔާގެ ރައީސް ވްލަޑްމިއާޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫޓިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދަތުރުފުޅުގައި މިވާހަކަ ދެކެވުނުކަން ފާހަގަކުރައްވައި މިއީ މިސްރާއި އިޒްރޭލުގެ ހުއްދަ ލިބިގެން ކުރެވޭނެކަމެއް ކަމަށް ވިދާޅުވެފައެެވެ.
ހަމައެހެންމެ މިކަމަށް މިސްރުގެ ރުހުން ލިބިފައިވާ ކަން ވެސް ޕޫޓިން ވަނީ ފާހަގަކުރައްވާފައެވެ.
އިޒްރޭލުން ހޮސްޕިޓަލެއް ހުޅުވުމާ މެދު ދެކޮޅު ހެދިޔަސް ގާޒާއަށް އެހީވުމަށް ރަޝިޔާއިން ކުރެވެން އޮތް ކަމެއް ނަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް ޕޫޓީން ވަނީ ދެއްވާފައެވެ. އަދި މިވަގުތު ގާޒާއަށް ސިއްހީ ފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމަށް އިޒްރޭލާއެކު އެއްބަސްވުމަކަށް އަންނަން ރަޝިޔާއިން މަސައްކަތް ކުރައްވާކަމަށްވެސް ޕޫޓިން ވަނީ ހާމަކުރައްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.