1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތުލުސްދޫން ފުރައިގެންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި

farah
ފޮޓޯ: އެމްއެންޑީއެފް
ޝަފްޢަތު ، ހުވަދޫ މީޑީއާ
434ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކ. ތުލުސްދޫން ފުރައިގެން ކ. މާފުއްޓަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް މިއަދު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ތުލުސްދޫން ފުރައިގެން މާފުއްޓަށް ދަތުރު ކުރަމުން ދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ގުޅި ކައިރީގައި އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ދޯނީގައި ތިން ބިދޭސީންނާއި ދިވެއްސަކު ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:36 ގަ އެވެ.

300 × 250

މިއާއެކު، އެމްއެންޑީއެފްގެ ޓީމެއް ދޯނި އޮތް ސަރަހައްދަށް ގޮސް އެ ބޯޓޫގައި ތިބި ހަތަރު ފަޅުވެރިން ވަނީ އެމްއެންޑީއެފް ހާބަކްރާފްޓް ލޯންޗުގައި މާލެ ގެނެސް ދީފައެވެ.

ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ތުލުސްދޫން ފުރައިގެން މާފުއްޓަށް ދަތުރު ކުރި ދޯންޏެއް ފަރަށް އެރި އިރު، ލ. ދަނބިދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓަކާއި މާލެ އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓު ވެސް މީގެ ދެ ދުވަސް ކުރިން ފަރަށް ވަނީ އަރައިފައެވެ. މި ހާދިސާތަކުގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި