1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރީކޯ މޫސަ، އަނެއްކާވެސް މަޖިލިސް ދާއިރާއަކަށް ވާދަކުރައްވަނީ

mujk0
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ޝަފްޢަތު ، ހުވަދޫ މީޑީއާ
515ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ޓިކެޓުގައި މާވަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

މޫސާ މިކަން އިޢުލާން ކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ގެ އެ ކު ޕޯސްޓެއްގައި ވިދާޅުވީ، ލ. މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށާއި އަދި އުއްމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދިވެހި ފިލްމީ ދާއިރާ ގައި މަސައްކަތް ކުރައްވާ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ރީކޯ މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާފައެވެ.

300 × 250

މޫސަ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައެވެ.

އެ ފަހުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ. ނަަމަވެސް ފަހުން އެ ދާއިރާއަށް ވާދަނުކުރައްވަން ނިންމެވިއެވެ. ލ ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އެ ދާއިރާ މިހާރު ތަމުސީލު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ނޫސްވެރިޔާ މުހައްމަދު ވިސާމްއެވެ.

މޫސާ މަނިކު އަކީ ސިޔާސީ ގޮތުން ވަރަށް ތަފާތު ބޭފުޅެކެވެ. އޭނާ އަކީ ދައްކަވާ ވާހަކަ ތަކުން މީހުންގެ ޝައުގުވެރިކަން ދަމައިގަންނަވާ ބޭފުޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި