މިރޭ ބާއްވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.
ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މިއަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޕްރޮގްރާމްތަކެެއް ރާވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ހަވީރު ވަނީ ބާއްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.