ރަމަޟާން މަހު ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
މި ނިންމުން ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކެބިނެޓް ގައި ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު އަންނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ގޮތަށް ކަނޑައެޅުއްވީ އަޅުކަމުގައި އުޅުމުގެ ފުރުސަތު ހުރިހާ މުވައްޒިފުންނަށް ތަނަވަސް ކޮށް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރޯދައިގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅަން ރައީސް މުއިއްޒު، ކެމްޕެއިން ގައި އިއުލާނު ކުރެއްވިއިރު އޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޮތީ ރޯދައިގެ ފަހު ދިހަ ދުވަސް "ވޯކް ފްރަމް ހޯމް" -- ގޭގައި މަސައްކަތް ކުރެވޭ ގޮތަށް ލުއި ދެއްވާނެ ކަަމަށް އިއުލާނު ކުރައްވާފައެވެ.
ރަމަޟާން މަހު ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.








ޚިޔާލު (1)
ކާންބޯން މަސައްކަތް ކުރުމަކީވެސް ބަލަ އަޅުކަމެކޭ!!! ގަމައެކަނި މިސްކިތަށް އަޜާ ނަމާދުކޮށްފަ ދެން ހަވީރުވަންދެން ނިދުމެއް ނޫން އެކަނި އޮންނަނީކީ!!!�