ހުޅުމާލޭގައި އާއިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1، ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން މައްސަލައެއް މިރޭ 18:50 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ޢަންނަ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާ ލިބިފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ. ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.