1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިން މަސް ތެރޭގައި، ބިންވެރިޔާ ސްކީމުގެ ގޯތިތައް ހަވާލުކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

thuhu
މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު) -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
536ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގިނަ ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

އެގޮތުން ބިމުގެ ޤާނޫނަށް ގެނައި މި އިސްލާހު ހުށަހެޅުއްވީ އެތައް އަހަރެއް ވަންދެން މާލެ ރައްޔިތުންނަށް ގޯތި ދޫނުކޮށް އޮތުމަށްފަހު ކުރީގެ ސަރުކާރުން ގޯތި ދޫކުރި ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުކޮށްފައި ނުވާތީ އެ ކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

300 × 250

މި އިސްލާހުގައި ބުނެފައިވާގޮތުން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހެއެވެ.

ހަމަ އެހެންމެ ދާއިމީ ލިސްޓު އާންމު ކުރުމަށްފަހު ގޯތި ހަވާލުނުކޮށް ތިބި މީހުންގެ ގޯތިތައް، މި އިސްލާހު ތަސްދީގު ކުރެވޭތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، މި އިސްލާހުގައި ވަނީ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ވެސް ހަވާލު ކުރަން ހުށަހަޅާފައެވެ.

މި އިސްލާހު ޤާނޫނަކަށް ވެއްޖެ ނަމަ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި