ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، (އެސްޓީއޯ)ގެ 59 ވަނަ (ފަންސާސްނުވަ ވަނަ) އަހަރީދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދާ ސޭލް ފަށައިފިއެވެ.
އެސްޓީއޯއިގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރ 20 ވަނަ ދުވަހެވެ. މިއަދަކީ އެކުންފުންޏަށް 59 އަހަރު ފުރޭ އަހަރީ ދުވަހެވެ. މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯގެ އަހަރީ ދުވަހަކީ، އެކުންފުނިން ފާހަގަކުރަމުން އަންނަ ބޮޑު ދުވަހެކެވެ.
އެސްޓީއޯގެ މިއަހަރުގެ އަހަރީ ދުވަހުގެ މުނާސަބާގައި މި ނިމުނު 2022 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޮޑުސޭލްއެއް ބާއްވަން މިވަނީ ނިންމާފައެވެ. އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައެވެ.
މި ސޭލްގެ އެންމެ ފާހަގަކޮށްލެވޭ ހާއްސަ ކަމަކީ %20އާ ހަމައަށް ލިބޭނެ ބޮޑެތި ޑިސްކައުންޓުތަކެވެ. މި ޑިސްކައުންޓު ސޭލްއިން ކުރައްވާ ކޮންމެ ވިޔަފާރިއަކުންވެސް ލިބޭނެ ކަމަށް އެކުންފުނިން ވަނީ މައުުލޫމާތު ދީފައެވެ.
އިއްޔެ ފެށި މި ހާއްސަ ސޭލްގެ ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.
ހަމައެހެންމެ މިއަދު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް އެކި ކަހަލަ ސަރޕްރައިޒް ހަދިޔާ ލިބޭނެތީއެވެ.
ނިމުނު 2022 ވަނަ އަހަރުވެސް އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ސޭލްއަށްވެސް ކަސްޓަމަރުންގެ ފަރާތުން ލިބިފައިވަނީ ނުހަނު ބޮޑު ތަރުހީބެކެވެ.
މިފަހަރުގެ އަހަރީ ދުވަހުގެ މުނާސަބާގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ ދިގު ފަންސާސްނުވަ އަހަރުގެ ތާރީހާ ބެހޭ ގޮތުން ސޯޝަލްމީޑިޔާގައި ކެމްޕޭނެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ކުންފުނީގެ ސްޓާފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭ ގޮތަށް ރޭވިފައިވާ އެކިތަފާތު ހަރަކާތްތަކެއްވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތުދީފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.