ޗުއްޓީއާއި ޓޫރިޒަމް ސީޒަނާއި ދިމާކޮށް ގިނަ ބަޔަކު އެކި ދަތުރުތައް ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްއަށް ދާނެތީ ފުރުމުގެ ތިން ގަޑި އިރު ކުރިން އެއާރޕޯޓްއަށް ދިއުމަށް އެދިއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ އެއާރޕޯޓު ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެ ކަމުން ކިއުގައި ގިނަވަގުތު މަޑުކުރަން ޖެހުމާއި ފުރުމުގައި ލަސްކަމެއް ދިމާވަމުންދާ ކަމަށެވެ.
އެހެންކަމުން ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި، އެތެރޭގެ ދަތުރުތައް ކުރާ ފަރާތްތަކުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އެދިފައިވެއެވެ.
އެއާޕޯޓްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެމްއޭސީއެލް ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށް ދެމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ކޮންމެ އަހަރަކު ވެސް މި ސީޒަނާއި ދިމާކޮށް، އެއާޕޯޓް ވަަރަށް ބާރުބޮޑުވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ދުވަސްވަރަކީ އުމުރާއަށް ވެސް ގިނަ ބަޔަކު ފުރަމުންދާ ދުވަސްވަރެއް ކަމަށް ވުމުން އެއާޕޯޓްގައި ތޮއްޖެހުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އެ މައްސަލަ ހައްލު ކުރުމަށް އެމްއޭސީއެލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.