1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެވެބްސައިޓެއް ބަންދުކޮށްފި، ރެޖިސްޓްރީކޮށްގެން ހިންގާ ސައިޓެއް ބްލޮކެއްނުކުރާނެ: ޝަހީބު

20231222_131136
ފޮޓޯ: ރައީސް ޑރ މުއިއްޒު ފޮޓޯހަބްޓެލެގްރާމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
430ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސައިޓެއް ބްލޮކް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓަކަށް ނުވަދެވޭނެހެން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ފާޑުކިއުން އިތުރުވެފައިވަނިކޮށެވެ.

ސަރުކާރުން ބްލޮކް ކޮށްލާފައިވަނީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. ނަމަވެސް މިދެ ނޫހަކީވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޕަބްލިޝް ކުރާ ދެ ވެބްސައިޓެވެ.

300 × 250

މި ދެ ސައިޓު ބްލޮކް ކުރުމާއިއެކު، އާންމުންނާއި، އިދިކޮޅު އެމްޑީޕީއިންވެސް ވަނީ ފާޑު ކިޔާފައެވެ. ފާޑު ކިއުމަށް ރައްދުދެއްވަމުން ޝަހީބް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުމަށް މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން."

ޝަހީބު މިހެން ވިދާޅުވިނަމަވެސް، ރާއްޖޭގައި ރެޖިސްޓްރީނުކޮށް ހިންގާ ނޫސްތައް މަދެއް ނޫނެވެ. އަދި އެއިރެއްގަ އޮންނަ ސަރުކާރަކަށް ފާޑު ކިޔާ ނޫސްތަކެއްވެސް މަދެއް ނޫނެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި