ގައުމަށް ދިމާވި ކޮންމެ އުނދަގޫ ވަގުތެއްގައިވެސް އިސްކުރީ އެއްބައިވަންތަކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ގައުމަށް ދިމާވި ކޮންމެ އުނދަގޫވަގުތަކުވެސް އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން،" -ރައީސް ޑރ. މުހައްމަދު މުއިއްޒު-
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހެކެވެ. މި ކާރިސާގައި ރާއްޖެއިންވެސް 84 މީހަކު މަރުވެ، 24 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ބިކަ ހާލުގައި ޖެހުނުއިރު، ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން މި ހިތްދަތި ހާދިސާގައި އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.