މޯލްޑިވްސް ކަރެކްޝަންސްއިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ހުއްދަ، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ނުދެއްވަން ނިންމާފައިވަނިކޮށް، ކުރީގެ ރައީސް ޔާމިން އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.
ރޭގެ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރޭގެ ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ހޯދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިމަހު ކަރެކްޝަންއަށް ހުށަހެޅުއްވިއެވެ.
ބަނދުގައި ހުންނެވި ނަމަވެސް ޔާމިންގެ ގެނަދަވަނީ އެމަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގެ ބައިވެރިވެވަޑައިގަންނަވާތީ، އަދި ކަރެކްޝަންސްއިން ގެންދަނީ އެ މައްސަލަ ތަހުގީގުވެސް ކުރަމުންނެވެ.
ކަރެކްޝަންސްއިން މީޑިއާތަކަށް މައުލޫމާތު ދެމުން މީގެ ކުރިން ބުނެފައިވަނީ، ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ހޯދުމަށް އެދިފައިވީނަމަވެސް، ނަމަވެސްޤާނޫނީ ފުށު އެރުންތަކެއް ހުރުމުން އިތުރު ލުއިތަކެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ.
ފަހުން މީޑިއާތަކަށް އެނގުނު ގޮތުގައި ރައީސް ޔާމިންގެ ފަރާތުން ހޯއްދެވުމަށް އެދިލެއްވި ލުޔަކީ ގެއަށް ނުވަތަ ނިވަތަ އޮފީހަށް ނޫސްވެރިޔަކު އައިސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުން ދިނުމުގެ ހުއްދައިގެ އިތުރުން ރައީސް ޔާމިނާއި ބައްދަލުކުރުމަށް އެދޭ މީހުންނާ އަމިއްލަ ގެއިން ބަދަލުުކުރުމަކީ އެންމެ ފަސޭހަގޮތް ކަމަށް ނުވާނެތީ ބައްދަލުކުރަން އެދޭ މީހުންނާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދައަށް އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.