ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ގައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.