ޒުވާނުން އެބައިވަންތަވުމަށް ޒުވާނުން ބާރުވެރި ކުރުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) އިލްތިމާސް ކުރައްވާއިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައިއެވެ. އޭނާ ފާހަގަ ކުރެއްވިގޮތުގައި 19 އަހަރުކުރިން ދިމާވި މި ހިތާމަވެރި ހާދިސާ އިން އަރައިގަނެވުން އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ތެރޭގައި އޮތް އެބައިވަންތަކަންކަމަށެވެ.
"19 އަހަރު ކަޑައްތު ކުރަމުންދާ އިރު މިއަދުވެސް އަޅުގަނޑުމެން ދަސް ކުރަމުންމިދަނީ ހަމަ އެ ފިލާވަޅު،" ވަޒީރު ވިދާޅުވިއެވެ
އަސްވާޑު ވިދާޅުވީ ގައުމަށް ދިމާވާ ހާދިސާތަކުގައި ވެސް ނުވަތަ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ވެސް ކުރިޔަށް ދެވޭނީ އެއްބައިވަންތަކަން އިސްކޮންގެންކަމަށެވެ. ދިވެހި ޒުވާނުން ވެސް މި ދުވަހުން އިބުރަތް ހާސިލްކޮށް ކަންކަމުގައި ކުރިޔަށް ދާ އިރު އެއްބައިވަންތަކަން އިސްކުރުމަށް މިނިސްޓަރު ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ. ދިވެހި ޒުވާނުންނަކީ އެކަކު އަނެކަކަށް އަޅާލާ އެއްބައިވަންތަ ބަޔަކަށް ވެގެން ދިއުންމަށް މިނިސްޓަރު ވަނީ ޒުވާނުން ކިބައިން އެދިލައްވާފައެވެ.








ޚިޔާލު (2)
ތިޔަގޮނޑީގައިއިނދެތިޔަހެނބުނެވިދާނެއެވެއެއްބައިވަންތަކަމާއިއެކުވެރިވވެވޭނީދެމީހުންވެސްއެއްނާޅުިންމިނެގެނެވެމިނަންވާނީއެމީހަކުމިނާނާޅިއަކުންނެވެ
ބަލަގަވަޒީރުކަންލިބުނުއިރުކަލޭމޮޔައަކައްވީތަކަލޭމެންގެވެރިންއެކަކުއަނެކަކަށްޚިޔާނާތްތެރިވާއިރުބަދުބަސްބުނެބަދުދުއާކުރަމާއިރުތިޔަކިޔޭއެއްޗެއްކަލެއްށްއެގޭތަ