ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި އިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައްޒަމާނެއްގެ ކުރިން ފެށިގެން ދިވެހިން ތެރޭގައި އޮތް އެއްބައެއްވަންތަ ސިފަތަކަށް އަލިއަޅުއްވާލައްވައި މިއަދުގެ މުޖުތަމައުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫއަވާން ޖެހޭކަން މި ޖަލްސާއިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރައްވާފައެވެ. އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުމާއި އަދި ރަހުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުން ފަދަ ކަންކަމާއެކު ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތައުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ގައުމީ ރޫހުގައި ހަރަކާތްތެރިވެގެން."ރައީސް ވިދާޅުވިއެވެ.
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.