1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގަމުގައި ބިނާ ކުރަން ނިންމި ކެންސަރު ހޮސްޕިޓަލް، މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމައިފި

screm
މާލެސިޓީގެ ތަސްވީރެއް........ފޮޓޯ: ޓްރެވެލްސެންޓަރ
ޝަފްޢަތު ، ހުވަދޫ މީޑީއާ
235ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީ ސަރުކާރުން, ލ. ގަމުގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.


ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ވިދާޅުވެފައިވެ އެވެ. އެގޮތުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކެންސަރު ހޮސްޕިޓަލް އަޅަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގަ އެވެ.

300 × 250


އެކަމަށް ބޭނުންވާ ސާވޭތައް ހެދުމަށް ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 2،110،964 ރުފިޔާ އެ މަޝްރޫއަށް ހަރަދުކޮށްފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރުވެސް ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެ ހޮސްޕިޓަލް މާލޭ ސަރަހައްދުގައި ގާއިމްކުރަން މިހާރު ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ހެލްތު މިނިސްޓްރީން ބުނީ ވަސީލަތްތައް ފުރިހަމަވެފައިވާ ތަނެއްގައި ހޮސްޕިޓަލް އެޅުމުގެ މުހިންމުކަން ފަންނީ ބޭފުޅުން ވެސް ފާހަގަކުރާތީ އެވެ.


އެ ހޮސްޕިޓަލް ގާއިމުކުރާނީ ކެންސަރު ބަލި ދެނެގަތުމާއި ފަރުވާ ދިނުމާއި، ރިހިބިލިޓޭޝަންގެ ހިދުމަތްތައް ލިބޭ ގޮތަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންވާ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ތަމްރީނުކުރަން ވެސް ކުރިން އޮތީ ނިންމާފަ އެވެ.

300 × 250

ކެންސަރު ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބަދަލުގައި މާލޭ ސަރަހައްދަށް ބަދަލުކުރި ނަމަވެސް، ގަމުގައި ނެޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މެންޓަލް ހޮސްޕިޓަލް ގާއިމްކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.


މިދިޔަ ސެޕްޓެމްބަރު މަހު، ރިޔާސީ ކެމްޕެއިންގެ ތެރެއިން ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން ނިންމެވީ ހިތްފަސޭހަ، ގަސްގަހާއި ގެހި ގިނަ އަދި ބާރުބޮޑުވުން މަދު ތަނެއްގައި ހޮސްޕިޓަލް ގާއިމުކުރުމުގެ ބޭނުމުގަ އެވެ. އޭރުން ފަރުވާ ހޯދަން އަންނަ މީހުންނަށް ވެސް ހިތްފަސޭހަކަން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.


"އެ ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއް. އެހެންވީމާ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނީ އިރާދަކުރެއްވިއްޔާ ގަމުގައި ކަން އިއުލާން ކުރަން،" އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.


އޭގެ އިތުރުން، މިހާރު ގަމުގައި ހުރި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުރިހާ ހިދުމަތްތަކެއް ހިމެނޭގޮތައް ގާއިމުކޮށްދެއްވަން ވެސް ރައީސް ވަނީ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި