1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

261d4cd2-59b3-4f21-bfca-9593797d737a-qhf9wxc5cns647buih3knynnfw01e3fscckwvyqhzc
ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
276ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަސްވެރިކަން ތަރައްގީކުރުމަށް ހާއްސަ ކޮލެޖެއް ގާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ސަރުކާރުގެ ހަފްތާ-14 ގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އަހުމަދު ޝިޔާމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރު ޑރ. ޝެހެނާޒް އާދަމެވެ.

300 × 250

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސޯދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މަސްވެރިކަމުގެ ތަމްރީނުދޭ ކޮލެޖް ވެގެންދާނީ އެކަމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.

"ހަމައެކަނި މަސްވެރިކަން ރެގިއުލޭޓްކޮށް، މަސްވެރިކަމުގެ ހަރަކާތްތައް ސްޕަވައިޒްކުރަން އޮންނަ މުވައްސަސާއެއްގެ ބޮޑަށް މި ސިނާއަތުގައި ހުރި ފުރުސަތުތަކާއި މި ސިނާއަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ހޯދޭނެ މަންފާ އެކްސްޕްލޯރ ކުރަން އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ތަމްރީނާއި ތައުލީމް ދެވޭނެ ޕްލެޓްފޯމެއް ގާއިމްވެގެންދާއިރު އަޅުގަނޑުމެން މިދަންނަވާ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮށޭނެ ވަރަށް ބޮޑު މަގަކަށް ވެގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖުން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އެ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި