1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނައިބުރައީސް ބޭރުގެ ދެގައުމަކަށްކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހާމަކުރައްވައިފި

335447_2493463d-f_
 ފޮޓޯ: ރައީސް އޮފީސް
އައިޝަތު ކަރަމް
295ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ސައިން މުހައްމަދު ލަތީފް، ޑިސެންބަރު 4 އިން 14 އަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހާމަކުރައްވައިފިއެވެ.

މި މައުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ.

މި ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ނައިބު ރައީސްގެ ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 3،189،544.58 (ތިން މިލިއަން ސަތޭކަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސްއަށްލާރި އެވެ. އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ހަރަދަކީ 2،413،029.54 (ދެ މިލިއަން ހަތަރުސްތޭކަ ތޭރަ ހާސް އޮނަތިރީސް ރުފިޔާ ފަންސާސް ހަތަރު ލާރި) އެވެ. އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 180،735.90 (އެއްލައްކަ އައްޑިހަ ހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ ނުވަދިހަ ލާރި) އެވެ އަދި ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ.

300 × 250

އަދި އެމަނިކުފާނު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 595،779.14 (ފައްސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަނުވަ ރުފިޔާ ސާދަ ލާރި)  ކަމަށްވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ނައިބު ރަޢީސްގެ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި