ރައީސް ޔާމިން މިނިވަން ކުރުމުގެ ޒިންމާ އޮތީ ޖުޑީޝަރީ ތެރޭގައި ކަމަށާއި، މި ސަރުކާރުން ޖުޑީޝަރީކަންކަމަށް އަތް ނުބާނާނެ ކަމުގައި ސަރުކާރުގެ ތަރުޖަމާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވައި، އިންތިހާބީ ރައީސްއަށްވި ހިސާބުން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށާއި، އެކަން އެގޮތަށް ވެގެން ގޮސްފައިވާ ކަމުގައެވެ.
"އެއީ ޖުޑީޝަރީ ތެރޭ އޮތް ކަމެއް. އެއީ ސަރުކާރަކުން އެކަމުގެ ތެރެއަކަށް ނުވަންނާނެއޭ އަޅުގަނޑު މި ދެންނެވީ. ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅު އެދުވަހުން އެދުވަހަށް ފުއްދަވާފަ. ޖުޑިޝަރީ އަތް މަތީ މިހާރު އޮތީ، ޝަރީއަތް ކުރިއަށް ގޮސްގެން،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވިއެވެ.
ޝަހީބް ވިދާޅުވީ، ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހު ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ސަރުކާރުން ޖުޑިޝަރީއަށް އަތް ނުބާނުއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަމުގައެވެ. އެގޮތުން މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ޖުޑިޝަރީއަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ޝަހީބު ވިދާޅުވިއެވެ. ޝަހީބު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ޖުޑިޝަރީއަށް އަތްބާނާ ހަޑިހާވާކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް މިސާރުކާރުން އެގޮތަށް އަމަލު ނުކުރާނެކަމަށެވެ.








ޚިޔާލު (2)
ތިކަންއޮތީ ތިގޮތައްކަން ހުރިހާމީހުނަށްވެސް ކުރިންވެސް އެގޭ. ކީއްކުރަން ކުރިން ދޮގުހެދީ.ދޮގުވާނީދޮގަށް.ފާފަވެރިވާނެ.
ތިވަރު ނޭގިގެނެއް ނުއުޅޭ. ކުރިންބުނިއެތިކެންސަލް.