1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ތިބީ އިންޑިޔާގެ 89 ސިފައިން: ޝަހީބު

ސހގ
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
298ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެ އަދަދަކީ 89 ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީބު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީބު ވިދާޅުވީ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 89 ކަމަށެވެ.

300 × 250

"ސިފައިންގެ އަދަދެއް ކަމަށް މިހާރު އަޅުގަނޑުމެން ލިޔެފަ އޮތް އަދަދު އިނގޭތޯ.89. އަަޅުގަނޑު ކުރިންވެސް ދެންނެވިން ކަންނޭގެ އެވާހަކަ. 89 ކަމަށް އެ ވާނީ ދަންނަވާފަ. ދެން އިންޑިއާ ސިފައިން ގެ އެ އަދަދު ކުރިން އަޅުގަނޑުމެން ދެންނެވި އަދަދެއް ނޫން އެއީ. "

ޝަހީބް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެހާތަނަށް ބެލިބެލުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ދެނެގަނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ޝަހީބް ވިދާޅުވީ އެ އަދަދު އަލުން އޮޅުންފިލުވައިގެން ފަހުން 89 ކަމަށް ވަނީ ހާމަކޮށްފައި ކަމަށެވެ.

މީޑިއާއަށް ހާމަ ކުރަނީ މިހާތަނަށް ބެލިބެލުމުން ލިބޭ އަދަދު ކަމަށާއި އެ އަދަދުގައި އަދިވެސް އިތުރުވެ ނުވަތަ މަދުވެދާނެ ކަމަށް ވެސް ޝަހީބު ފާހަގަކުރެއްވިއެވެ. މި އަދަދު ތަކަށް ބަދަލެއް އަތުވެއްޖެ ނަމަ އަންގާނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޝަހީބު ވިދާޅުވީ އިންޑިއާ ހައި ލެވެލް ކޮމިޓީ ގެ އިތުރުން އެޓާނީ ޖެނެރަލް އާއި ކަމާބެހޭ މުއައްސާތަކާއި މެދުގައިވެސް އިންޑިއާ ސިފައިން ފޮނުވާލުމުގެ މަޝްވަރާތައް ކުރެވެމުން ދާ ކަމަށެވެ.

އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާވަރު ކަމެއްތޯ މުއައްސަސާތަކުން ބަލައި އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަ ނުކުރައްވާ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި އިންޑިޔާއާއި އެކު ވެފައިވާ އެއްބަސްވުން ތަކުގައި ހިމެނޭ ގައުމީ ސަލާމަތަށް ނުރައްކާވާ މާއްދާތައް އުވާލުމަކީ ރައީސް ޑރ.މުއިއްޒުގެ ހަފްތާ 14 ގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ހިމަނުއްވާފައި ވާކަމެކެވެ.

މިގޮތުން ދާދި ފަހުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި