1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ެޔޫތު މިނިސްޓަރީއާ ގުޅޭގޮތުން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް: ވަޒީރު އިބްރާހީމް ވަހީދު(އަސްވާޑު)

ަބ
ފޮޓޯ: ސަންގުޓީވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
428ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓަރީ އޮފް ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް އަކީ މުޅިން އައުމިނިސްޓާރީއެއްކަމަށާއި ދެ މިނިސްޓްރީ ބަދަލުކުރުމުގައި މުދާތަކެއް ގެއްލުނުކަމުގެ ތުހުމަތުތަކެއް ކުރަމުންދާތީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް އިބްރާޙީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓާރ އިބްރާހީމް ވަހީދު ވިދާޅުވީ ޔޫތު މިނިސްޓަރިއަކީ އެހެން މިނިސްޓަރީއެއް ބައިކޮށްފައި އޮތް ތަނެކޭ ބުނާކަމަށްވާނަމަ ތިން މިނިސްޓަރީއެއް ބައިކުރި މިނިސްޓަރީއެކޭ ބުނެވޭނެ ކަމަށެވެ. ސަބަބަކީ ޔޫތު އެމްޕަވަމެންޓް ބަޔަކީ ސްޕޯޓްސް މިނިސްޓްރީގައި އޮތް ޖަމިއްޔާ ރަޖިސްޓަރީކުރުމުގައި ބައިކަމަށާއި އިންފޮމޭޝަން ބަޔަކީ ހޯމްމިނިސްޓަރީގައި އޮޮތް ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ބައިކަމަށާއި އަދި އާޓްސް އަކީ ކުރީގެ ހެރިޓޭޖްގައި އޮތް އާޓްސްގެ ދަށުން ހިންގާފައިވާ ބައިތައް ކަމަށާއި އެހެންކަމުން ޔޫތުމިނިސްޓަރީއަކީ މި ތިން މިނިސްޓަރީއިންް ބައިތައް ހިމެނިގެން އެކުލަވާލާފައިވާ މުޅިން އައު މިނިސްޓަރީއެއްކަމަށެވެ.

އަދި މި މިނިސްޓްރީތަކުން ޔޫތު އުފެއްދުމަށް ދޫކުރި ސެކްޝަންތަކުގެ ސްޓާފުންނާއި މުދާތައް ޔޫތުމިނިސްޓަރީގެ އެ ސެކްޝަނަކަށް ލިބުނު ކަމަށެވެ.  ދިވެހި ސިވިސްސާވަންޓުންނަކީ އަބުުރުވެރި ބައެއްކަމަށާއި އަދި ކޮންމެ ވެރިކަމެއްގައިވެސް އެއްތަނުން އަނެއްތަނަށް ބަދަލުކުރިއަސް، އެބޭފުޅުންގެ ހިދުމަތް ގައުމަށް އަބަދުވެސް ލިބި ލިބި ތިބޭ ބައެއްކަމަށާއި އެހެންކމުން މި މައްސަލައަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ކަމާބެހޭ މުއައްސަސާތަކުން އިތުރަށް ބައްލަވައި އޮޅުން ފިލުވަން ޖެހޭ މައްސަލައެއްކަމަށް މިނިސްޓަ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

300 × 250

މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ޔޫތަށް ބަދަލުކުރި ހުރިހާސްޓާފުންނާ ވަކިން އެތެރޭގެ ތަހުގީގެއް ހިންގިކަމަށާއި އެ މުވައްޒަފުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ސިވިސްސާވިސްއިން ދިން ފޯމުގައި އެބޭފުޅުން ތިބެން ބޭނުންވީ ކުރިންވެސް ތިބިގޮތަށް ސްޕޯޓްސްމިނިސްޓަރީގައިކަމަށް އެބޭފުޅުން ވިދާޅުވިކަމަށާއިނަމަވެސް އެބޭފުޅުން ޔޫތުމިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ ރުހުމާ ދެކޮޅަށް ކަން ހާމަވިކަމަށެވެ. އަދި އެބޭފުޅުން އެކަމުގައި ހިތްނުތަނަވަސްކަން ހުރި ކަމަށާއި އެއީ އެއްވެސް ނުފޫޒަކުން އެބޭފުޅުން ވިދާޅުވިވާހަކައެއްނޫންކަމަށެވެ.

ހަމައެހެންމެ ސްޕޯޓްސް މިނިސްޓަރީން ގެނައި ތަކެއްޗާއި މުވައްޒަފުންގެ ތަހުގީގުން އެއްވެސް އެއްޗެއް ގެއްލިގެން އެއްވެސް ލިޔުމެއްގައިވެސް ހިމަނާފައި ނެތްކަމަށެވެ. ހަމައެހެންމެ ސްޕޯޓްސް މިނިސްޓްރީގެ ޓީވީއަކަސް އަދި ކޮމްޕިއުޓަރ ސިސްޓަމަކަށްވެސް އެމަނިކުފާނުގެ އެކްސެސް ނޯންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެެ. ވީޑިޔޯ ފޫޓޭޖެއް ޑިލީޓްވީ ވާހަކަ ހާމަކުރައްވައި މިނިސްޓަރ ވިދާޅުވީ އެމަނިކުފާނަށް ސްޕޯޓްސްގެ ސީސީޓީވީ އެކްސެސް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ސީސީޓީވީ ފުޓޭޖެއް ޑިލީޓުވުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް އޮންނާނެ ގޮތެއް ނެތްކަމަށެވެ.

ކޮންމެއަކަސް ވަރަށް ތަފްސީލުކޮށް އަދި އެތައް ގޮތަަކަށް ތަކުރާރުކޮށް މިނިސްޓަރ އިބްރާޙިމް ވަހީދު ވިދާޅުވީ ސްޕޯޓްސް މިނިސްޓަރީން ޔޫތު މިނިސްޓަރީއަށް ބަދަލުކުރި އެއްވެސް މުދަލެއް ގެއްލިފައިވާ ކަމަކަށް އެނގިފައިނެތްކަމަށާއި ޔޫތު މިނިސްޓަރީއަށް އައި ސްޕޯޓްސްމިނިސްޓަރީގައި ކުރީން އުޅުއްވި ފަރާތްތަކުންވެސް މަސައްކަތް ކުރައްވަން ސިސްޓަމް އެބަހުރިކަމަށެވެ.'

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި